ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
އެމްޑީޕީން މިއަދު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 2020.ވަނަ އަހަރުގެ ލޯކަލްކައުންސިލް އިންތިޚާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިޚާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމަރީ މިއަދުން ފެށިގެން ހުޅުވާލައިފި ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ 2020 https://t.co/XQJMloLh80
— MDP Secretariat (@MDPSecretariat) December 30, 2019
ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދު ކުރަނީ 10 ޖެނުއަރީ 2020 ވަނަ ދުވަހުކަމަށް އެޕާޓީން ބުނެއެވެ. ވޯޓާސްލިސްޓް އާއްމުކުރުން 7 ޖެނުއަރީ 2020 ވަނަ ދުވަހު ބާއްވާއިރު، ކެންޑިޑޭޓުންގެ ލިސްޓު އާއްމުކުރުން 13 ޖެނުއަރީގައި ބޭއްވުމަށްވެސް އެމްޑީޕީން ވަނީ ނިންމާފައެވެ.
ޕްރައިމަރީގައި ކުރިމަތިލުމަށް އެދޭފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށް އެޕާޓީން ބުނެއެވެ.
އަދި މަގާމުތަކަށް ކުރިމަތިލުމާއި ވޯޓްލެވޭނީ ކުރިންވެސް އިއުލާން ކޮށްފައިވާފަދައިން 31 ޑިސެންބަރު 2019 ވާ (އަންގާރަ) ދުވަހުގެ 2:00 ނިޔަލަށް އެމްޑީޕީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ އެ ޕާޓީގެ މެމްބަރުންނަށް ކަމުގައި ވެސް ބުނެފައިވެއެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ 31 ޖެނުއަރީ 2020 ދުވަހުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!