ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އިމާރާތްކުރުމަށް 2އެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ފެނަކައާއި، 2އެލް ކޮންސްޓްރަކްޝަންއާއި ދެމެދު ސޮއި ކޮށްފައިވަނީ މިއަދު ހަވީރު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެެވެ. 2އެލް ކޮންސްޓްރަކްޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީ އޮޕަރޭޝަންސް ޑިރެކްޓަރ ހުސެއިން އިބްރާހިމްއެވެ.
ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އެޅުމަށް 2 އެލް ކޮންސްޓްރަކްޝަންއާއި ހަވާލުކުރީ ނުވަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ފެނަކައާއި ހަވާލު ކުރާ ގޮތަށެވެ.
ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އަޅަނީ މުޅި ޖުމްލަ 7،494،133 (ހަތް މިލިއަން، ހަތަރު ލައްކަ، ނުވަދިހަ ހަތަރު ހާސް އެއްސަތޭކަ ތޭރަ) ރުފިޔާ ހަރަދުކޮށްގެންނެވެ.
ފެނަކައިން އަންނަނީ ރާއްޖޭގެ ރަށްރަށުގައި އިންޖީނުގެތަށް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!