ހދ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ އަހަރީ ކަލަންޑަރުގައި މި އަހަރުން ފެށިގެން ބާއްވަން ހިމެނި ރާޒުވާ މުބާރާތް ނުބާއްވަން އެ ކައުންސިލުން ފާސްކޮށްފިއެވެ.

''ހދ. އަތޮޅު ކައުންސިލް ރާޒުވާ މުބާރާތް'' ނަމުގައި ކުރިއަށް ގެންދަން ކަލަންޑަރުގައި ހިމެނި މި މުބާރާތް ނުބާއްވަން ފާސްކޮށްފައި ވަނީ މިއަދު އޮތް ހދ. އަތޮޅު ކައުންސިލްގެ 120 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

Ad
rt

މިއަދު އޮތް އަތޮޅުކައުންސިލްގެ ޢާންމު ބައްދަލުވުމުގެ ނިންމުންތައް ކައުންސިލުން މިހާރު އާންމުކޮށްފައިވާއިރު، މަދަރުސާތަކުގެ ކުދީންނާއި، އާންމުންނަށް ވެސް ހުޅުވާލައިގެން މި އަހަރު ކުރިއަށް ގެންދަން ކަލަންޑަރުގައި ހިމެނި މި ރާޒުވާ މުބާރާތް ބާއްވަން މިއަދު ބައްދަލުވުމުގައި ފާސްނުވާކަމަށް ނިންމާފައިވާކަމަށް އަތޮޅު ކައުންސިލުން މިއަދު އާންމުކުރި ލިޔުމުގަވެއެެވެ.

ޒާޒުވާ މުބާރާތް ނުބާންވަން ނިންމިނަމަވެސް، ހދ. އަތޮޅު ކައުންސިލުން އަންނަނީ ކޮންމެ އަހަރަކުހެން އަތޮޅު ފެންވަރުގައި ޤުރްއާން މުބާރާތެއް ބާއްވަމުންނެވެ.

މީގެ އިތުރުން އަތޮޅުގެ ދެ ޖިންސަށް ހުޅުވާލައިގެން ފޯރިގަދަ ވޮލީ މުބާރާތެއް ވެސް އަތޮޅު ކައުންސިލުން ކުރިއަށް ގެންދެއެވެ.