މާފަންނު މެދަށް ޑރ. ރަޝްނީ ވާދަކުރައްވަނީ

IMG_3344

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް ޑރ. ފާތިމަތު ރަޝްމީ، ވާދަކުރައްވަން ނިންމަވައިފި އެވެ.

ޑރ. ފާތިމަތު ރަޝްމީއަކީ ޗައިނާއިން މެޑިކަލް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. މަތީ ތަޢުލީމް ހާސިލް ކުރެއްވީ ބަންގްލަދޭޝް، ސްރީލަންކާ އަދި އިންޑިއާއިން ނެވެ. ތައުލީމީ ހަޔާތަށް ފަހު ޑރ.ރަޝްމީ ފުރަތަމަ މަސައްކަތް ކުރެއްވީ ގައުމީ ޔުނިވަރސިޓީގެ ޕާޓް ޓައިމް ލެކްޗަރާއެއްގެ ގޮތުގައެވެ.

މިހާރުވެސް ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ޑރ. ރަޝްމީ އަކީ މުޖުތަމައަށް އެހެނިހެން ގޮތްގޮތުން ހިދުމަތް ކޮށްދެއްވަމުން ކެނޑިނޭޅި މަސައްކަތް ކުރާ ޒުވާނެކެވެ.

ޑރ ރަޝްމީ ހާއްސަވަނީ ހަމައެކަނި ޑޮކްޓަރީ ފަރުވާއަކަށް ނޫނެވެ. ސިއްހީ ދިރާސާގެ އިލްމު ލިބިވަޑައިގެން ހުންނެވި ޑރ ރަޝްމީ ވަނީ މި ދާއިރާއިން ވެސް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑް19ގެ ބަލިމަޑު ކަމާ ގުޅިގެން ހެއްދެވި ދިރާސާއަކީ އޭގެ މިސާލެކެވެ.

އެސޯސިއޭޝަން ފޮރ ސޯޝަލް ޑިވެލޮޕްމެންޓް އެންޑް އެއިޑް(އޭއެސްޑީއޭ)ގައި ކުރައްވާފައިވާ މަސައްކަތްތަކުން އެކަނި ވެސް ޑރ ރަޝްމީ މުޖުތަމައުގެ ކުރިއެރުމަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވެއެވެ. މުޖުތަމައުއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާ ގުޅޭ ޕްރޮގްރާމްތަކުން ފެށިގެން ގޮސް އަންހެނުން ބާރުވެރި ކުރުވުމާއި، ނަފްސާނީ ބަލިތަކަށް ހޭލުންތެރި ކުރުމާއި، ޒުވާނުންނަށް ހާއްސަ ކުޅިވަރު ޕްރޮގްރާމްތައް އަމިއްލައަށް އިސްނަގައިގެން ވަނީ ބާއްވާފައެވެ.

ނޯޓް: މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *