އައު އަހަރާ ގުޅިގެން ބޭންކު 2 ދުވަހަށް ބަންދުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
އެ ބޭންކުން ބުނީ މިއަަހަރުވެސް ޑިސެމްބަރު 31 އާއި އަންނަ އަހަރުގެ ޖެނުއަރީ 1 ބަންދުވާނެ ކަމަށެވެ. އެއީ އަންނަ ހަފުތާގެ އާދީއްތަ އަދި ހޯމައެވެ.
ބީއެމްއެލް އިން ބުނީ ކޮންމެ އަހަރެއްގެ ފަހު ދުވަސް ބޭންކުތައް ބަންދުވާ އިރު، ހަފްތާ ބަންދު ވަންނާތީ، ބީއެމްއެލްގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ލިބޭނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަސް ކަމަށެވެ. އަދި ދެން ހުޅުވާނީ ޖެނުއަރީ 2 ގައި ކަމަށެވެ.
އެ މުއްދަތުގައި ބްރާންޗުތައް ބަންދުވިޔަސް، އޭޓީއެމްތަކުންނާއި މޯބައިލް އަދި އިންޓަނެޓް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށް ބޭންކުން ބުންޏެވެ.
މީގެ އިތުރުން ބީއެމްއެލްގެ ކޮންޓެކްޓު ސެންޓަރު މެދުވެރިކޮށް ވެސް ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!