މާދަމާ ހިފާ އިރު ކޭތައާ ގުޅިގެން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ހެނދުނު ހިފާ އިރުކޭތަ އާއި ގުޅިގެން ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:50 ގައި ކޮންމެ ރަށެއްގެ ވެސް އެންމެ ބޮޑު މިސްކިތުގައި ކަމަށެވެ.

Ad
rt

އެގޮތުން މާލެ ސިޓީގައި ކޭތަނަމާދު ކުރާނީ އިސްލާމި މަރުކަޒު، މަސްޖިދުލް ބިއްރި (ވިލިނގިލި) ,އަދި މަސްޖިދުއް ޝައިޚް ގާސިމް ބިން މުޙައްމަދު އާލް ޘާނީ( ހުޅުމާލެ) ގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން ރާއްޖެ އަށް އިރުކޭތަ ހިފާފައިވަނީ 2017 ވަނަ އަހަރު އެވެ.