އާ އަހަރާއި ދިމާކޮށް މި މަހުގެ 31 އިން އަންނަމަހުގެ 4 ގެ ނިޔަލަށް ރާއްޖޭގެ ބޭންކުތައް ބަނދުވާނެކަމަށް އެ ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
ކޮންމެ އަހަރެއްގެ ފަހުކޮޅު އާ އަހަރާއި ދިމާކޮށް ބެންކުން މި އުސޫލަށް އަމަލު ކުރާއިރު އަލުން ބެންކް ހުޅުވާނީ އަންނަމަހުގެ 5 ވަނަ ދުވަހުކަމަށް ބެންކުން ބުނެއެވެ.
މި މުއްދަތުގައި ބީއެމްއެލްގެ ހުރިހާ ބްރާންޗެއް ބަންދުވިނަމަވެސް އެ ބޭންކުގެ ޚިދުމަތްތައް އޭޓިއެމް މެދުވެރިކޮށް ހޯދޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މި މުއްދަތުގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރގެ ޚިދުމަތް ލިބެންހުންނާނެކަމަށާއި އަދި ފޭސްބުކާއި ޓްވިޓަރ މެދުވެރިކޮށްވެސް ބީއެމްއެލްއާއި މުއާމަލާތުކުރެވޭނެކަމަށް ބޭންކުން ބުނެއެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭއިން ބުނީ އެ ބޭންކުން މިއަހަރު ޚިދުމަތްދޭނެ އެންމެ ފަހު ދުވަހަކީ މިމަހުގެ 30 ވަނަ ދުވަސްކަމަށެވެ. އަދި ޖަނަވަރީމަހުގެ 1 ވަނަ ދުވަސް ބަންދުވާނެކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
ބީއެމްއެލްގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކު އިންވެސް ހަމަ އެދުވަސްތައް ބަންދު ކުރަން ވަނީ ނިނަމާފައެވެ.
ކޮންމެ އަހަރެއްގެވެސް އައު އަހަރާއި ދިމާކޮށް ބޭންކުތައް އޮޑިޓްކުރުމަށް، ބެންކުތައް ބަންދުކުރެއެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!