ސަރުކާރުގެ ހުރިހާ ވަޒީރުންނާއި މެދު ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި މަޖިލީހަަކީ ރަަބަރ ސްޓޭންޕް ޖަހާތަނެއް ނޫންކަމަށް އަދި އެއީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ފުރިހަމަ އިތުބާރު ހުރިހާ ވަޒީރުންނާއި މެދު އޮތް ކަމަށް ހޫދު ވިދާޅުވިއިރު، އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރުގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ސަރުކާރަށް ނިސްބަތްވާ މެންބަރަކު އިއްޔެ ވަނީ ވިދާޅުވެފައެވެ. އަދި އިންފޮމޭޝަން މިނިސްޓަރ މަލީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުނަގަން މަޖިލީހަށް ހުށައަޅަން އުޅޭކަމުގެ އަޑުތަކެއްވެސް ދަނީ ފެތުރެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!