އަންނަ މަހު ބާއްވާ އުރީދޫ މޯލްޑިވްސްގެ ފަން ރަންގެ ކިޓުތައް ބެހުމުގެ މަސައްކަތް ފަށައިފިއެވެ.

އުރީދޫއިން މިއަދު ބުނީ، ފަންރަން ކިޓްތައް ބަހަން ތައްޔާރުވެފައިވާއިރު، އެ ކިޓު މިހާރުވެސް މޫލީ މެދުވެރިކޮށް ގަންނަން ލިބެން ހުންނާނެ ކަމަށެވެ. މި ކިޓުތައް ފަން ރަންގައި ރަޖިސްޓްރީވާ ފަރާތްތަކަށް ގަނެލެވޭނެއެވެ.

Ad
rt

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކުން ލިބެން ހުންނާނެ އެވެ. އެގޮތުން 100 ރުފިޔާގެ ސްޓޭންޑަޑް ކިޓުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު 200 ރުފިޔާގެ ފަން ކިޓުގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެއެވެ.

އުރީދޫއިން ވަނީ ފަން ރަންގައި ބައިވެރިވާ ފަރާތްތަކަށް ބިބުތައް ކަސްޓަމައިޒްކޮށް އަމިއްލަ ނަން ޖަހާލެވޭ ގޮތްވެސް ހަދައިފައެވެ.

އުރީދޫ ފަން ރަން ގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހެދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބާއްވާނެއެވެ. އަދި ހަވީރު ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން އަށް މި މަހުގެ 30 ގެ ނިޔަލަަށް މޫލީން ރަޖިސްޓްރީ ކުރެވޭނެއެވެ.