ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް މުޙައްމަދު ޝަމްޢާން ވަޙީދު މިރޭ ޢައްޔަނުކުރައްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޝަމްޢާން މި މަޤާމަށް ޢައްޔަނުކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވީ މިރޭ ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ.

Ad
rt

ޝައްމާން ވަނީ މީގެ ކުރިން އިމިގްރޭޝަންގައި 14 އަހަރު ޚިދުމަތްކުރައްވައިފައެވެ. ނަމަވެސް ކުރީ ސަރުކާރުން އޭނާ ވަނީ ވަޒީފާއިން އެކަހެރިކޮށްފައެވެ.

މީގެ ކުރީން އިމިގްރޭޝަންގެ ކޮންޓްރޯލާ ކަމަށް ހުންނެވީ، މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) އެވެ. އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ރައީސް މުޢިއްޒު މިރޭ ވަނީ ސަރުކާރުގެ އިތުރު އިސް މަޤާމު ތަކަށް ވެސް ބޭފުޅުން ޢައްޔަނު ކުރައްވާފައެވެ.

އޭގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު ކަަމަށް އިޤްބާލް އާދަމް ޢައްޔަނު ކުރައްވާފައިވާއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް ޑރ. މަޙްމޫދު ޝައުޤީ ވަނީ ޢައްޔަނު ކުރައްވާފައެވެ.