އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ ފަން ރަންގައި ބައިވެރިވާ ފަރާތްތަކުން ގަންނަ ބިބް ކިޓް ކަސްޓަމައިޒް ކުރެވޭ ގޮތް ހަދައިފިއެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރާ އުރީދޫ ފަން ރަން 2023 ގައި ރެޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އުރީދޫއިން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.
އުރީދޫ ފަން ރަން ބިބް ގައި ނަން ޖަހަން ބޭނުންވާ ފަރާތްތަކުން މޫލީ https://mool.ee/funrun2023 ރަޖިސްޓްރީ ކުރުމަށްފަހު، ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް ކާޓް އަށް އެޑް ކޮށްލެވޭނެއެވެ. އަދި ކާޓް އިޚްތިޔާރުކޮށް ޗެކްއައުޓް ކޮށް، ޑެލިވަރީ އެޑްރެސް ޖެހުމަށްފަހު ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖަހަން ބޭނުންވާ ނަން ޖެހޭނެއެވެ.
ބިބްގައި ޖަހާ ނަމުގައި ގިނަވެގެން ބޭނުން ކުރެވޭނީ 7 އަކުރު ކަމަށް އުރީދޫއިން ބުންޏެވެ.
އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކުން ލިބެން ހުންނާނެ އެވެ. މީގެ ތެރެއިން 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭއިރު 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭނެއެވެ.
އުރީދޫ ފަން ރަން ގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023 ވާ ހުކުރު ދުވަހު ހެދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބާއްވާނެއެވެ. އަދި ހަވީރު ފަން ރަން އަށް ފަހު ރޭގަނޑު، އެހެން އަހަރުތަކެކޭ އެއްފަދައިން މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއްވެސް ކުރިއަށްދާނެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން އަށް މޫލީން ރަޖިސްޓްރީ ކުރެވޭނެއެވެ.