ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރުމަށް ހއ. ދިއްދޫ މީހަކު ހޯދަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އޭނާ ހާޟިރުކުރަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޟިރު ކުރަން ބޭނުންވެ، ހާޟިރު ކުރެވިފައިނުވާތީ ކަމަށެވެ.

Ad
rt

އެ އިދާރާ އިން ވިދާޅުވީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދަނީ ހއ. ދިއްދޫ / ޕެލަސް، އިބްރާހީމް ޝަފީޤް ކަމަށެވެ. އަދި އެއީ އުމުރުން 40 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ ހޯދަމުންދަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ، ހާޟިރުކުރެވިފައިނުވާތީ ކަމަށާއި ބަންދުގައި ބަހައްޓައިގެން މި ނޮވެމްބަރު 19 ވަނަ ދުވަހުގެ 11:15 އަށް ކްރިމިނަލް ކޯޓަށް ހާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އެހެންވެ، އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން އެދިލައްވާފައި ވެއެވެ.