ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެކައުންޓުތަކުގެ މައުލޫމާތު އަދާނުކުރާނަމަ ބަންދުކުރާނެކަމަށް ބުނާ ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިލައްވައިފިއެވެ.

އެ އިދާރާ އިން ވިދާޅުވީ އައިޑީ ކާޑާއި ޕާސްޕޯޓުގެ މައުލޫމާތު އަދާހަމަ ކުރަން ބުނާ އެ ޕޯސްޓުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ކަމަށެވެ.

Ad
rt

މި ދުވަސްކޮޅު އެފަދަ ޕޯސްޓުތަކާއި މެސެޖުތައް ފޮނުވުން އިތުރުވެފައިވާކަން ފާހަގަކުރައްވައި އެ އިދާރާ އިން ވިދާޅުވީ މިގޮތަށް ދައުރުވާ ޕޯސްޓުތަކުގައި ލިންކު އެޓޭޗް ކޮށްފައި ހުންނަ ކަމަށެވެ.

އެ ލިންކުތަކަށް ނުވަނުމަށާއި އެފަދަ މެސެޖުތަކަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ތަފާތު އެކި ޕްރޮމޯޝަންތަކާއި އިނާމު ލިބޭ ކަމަށް ބުނެ އެކި ދުވަސްވަރު އެކި ކަހަލަ މެސެޖުތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އަދި އެފަދަ ކަންކަމަށް އާންމުން ސަމާލުވުމަށް ކަމާއިބެހޭ ވުޒާރާތަކުން ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެސް ވަމުންނެވެ.