ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ހައްލު އެބައޮތް ކަމަށާއި، ފަހަތަށް ޖެހުމެއްނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު (ނިޔާ) ވިދާޅުވެއްޖެއެވެ،

ނިޔާ މިހެން ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އުޅެގެން އެމްޑީޕީން އަނެއްކާވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

Ad
rt

ޑިމޮކްރެޓްސް އިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އާޒިމް ދެއްކެވި ވާހަކާގައި ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިގެން އަނެއްކާ ވެސް އެމްޑީޕީ ބޮޑުތަނުން ބަލިވާނެ ކަމަށް އާޒިމް ވިދާޅުވެފައެވެ. އަދި އެބޭފުޅުން މަޖިލީހުގައި ތިއްބަވަނިކޮށް ޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައި އޮތް ހުށަހެޅުން ބަލައިގަނެގެން ވަކިކުރެވޭނެ އެއްވެސް ގޮތަކަށް އެ ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އާޒިމަށް ރައްދު ދެއްވަމުން ނިޔާ ވިދާޅުވެފައި ވަނީ، މަޖިލީހުގެ ނައިބު ރައީސް ޖަލްސާގެ ރިޔާސަތަށް ނޭރުން ނުވަތަ ޖަލްސާގެ ނިޒާމު ގެއްލުވާލުން އެއީ ކުރެވިދާނެ ކަމެއް ކަމެއް ކަމަށެވެ.

''އެ ދެ ކަމަށް ވެސް އެމްޑީޕީ ގެ ހައްލު އެބައޮތް. ފަހަތަށް ޖެހުމެއް ނެތް'' ނިޔާ ވިދާޅުވިއެވެ.

ނަޝީދު ވަކިކުރުމުގެ ޖަލްސާ އަންނަ އާދީއްތަ ދުވަހަށް އެޖެންޑާކޮށްފައި އޮތްއިރު، މަޖލީހުގެ ނައިބު ރައީސް އީވާ ޢަބުދުﷲ އުޅުއްވަނީ އާލާސްކަންފުޅާކަމަށް އަޑުފެތުރިފަވެއެވެ. އީވާ އާލާސްކަންފުޅާ އުޅުއްވިޔަސް ޖަލްސާ ކުރިއަށްދާނެ ކަމަށް މަޖިލީހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި އެންމެ ރީތިގޮތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ރިޔާސަތުން އެކަހެރިވެވަޑައިތުން ކަމަށް ބުނެފަވެއެވެ.

ނަޝީދާއި ގުޅުވައިގެން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ނަޝީދަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ މަޖިލިސް މެންބަރުން އިތުބާރު ކުރެއްވި ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައެވެ.