މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރޭނިންގ ސުކޫލާއި ހއ. ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ފަސްޓްއެއިޑް ކޯހެއް ހޯރަފުށީގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޯހުގައި 18 އަހަރުން މަތީ ދެޖިންސުގެ މީހުންނަށް މުޅިން ހިލޭ ބައިވެރި ވެވޭއިރު މި ކޯހަކީ ކޮންމެ ދަނޑިވަޅެއްގައި ވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރަން ޖެހިދާނެ ކަމަށް ވިސްނާ ކުރިޔަށް ގެންދާ ތަމްރީން ޕްރޮގުރާމެކެވެ.
ކޮންމެ ދަނޑިވަޅެއްގައިވެސް މީހެއްގެ ފުރާނަ ސަލާމަތްކުރަންޖެހިދާނެ،މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރޭނިންގ ސްކޫލް އާއި ހޯރަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގާ މި ކޯހުގައި ބައިވެރިވުން މުޅިން ހިލޭ!
#HoarafushiPolice pic.twitter.com/HQJ3wp3Xoy— Maldives Police (@PoliceMv) December 21, 2019
މި ތަމްރީން ޕްރޮގުރާމް 6 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ދާއިރު މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުގެ ނިޔަލަށް ނަންނޯޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ކޯހުގައި ބައިވެރިވާ ކޮންމެފަރާތަކަށް ވެސް ސެޓްފިކެޓް ލިބިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!