ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސައުދީ އަރަބޮއްޔާ އިން 150 މިލިއަން ޑޮލަރު ރާއްޖެއަށް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެގައުމުން ރާއްޖެއަށް ދޭ 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ތެރެއިން 100 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ވީއައިއޭ ތަރައްގީ ކުރުމަށް ކަމަށާއި އަދި 50 މިލިއަން ޑޮލަރު ހަރަދުކުރާނީ ސިއްހީ ދާއިރާގެ އުމްރާނީ މަސައްކަތްތަކަށް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެހީ ރާއްޖެއަށް ފޯރުކޮށް ދިނުމަށް ސައުދީ ސަރުކާރުން ނިންމާފައި މިވަނީ ރައީސް ސާލިހުގެ އެދިވަޑައިގަތުމަށެވެ.
އެމަނިކުފާނު ވަނީ ފާއިތުވި ހައްޖުގެ އަޅުކަމަށް ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ސައުދީ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.
ރާއްޖެއާއި ސައުދީއާއި ސިޔާސީ ގުޅުން ގާއިމުކުރީއްސުރެ، ރާއްޖޭގެ ތަރައްގީ އަށް އެކި ދާއިރާތަކުން އެ ގައުމުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރާއްޖެއިން ސައުދީ އަރަބިއްޔާއާއެކު ސިޔާސީ ގުޅުން 17 މާރިޗު 1981 ގައި ގާއިމުކޮށްފައިވާއިރު، މިއަހަރު މިގުޅުމަށް ވަނީ 42 އަހަރު ފުރިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!