ގޭގައި ހައްދާފައި ހުރި ގަހެއްގެ ފޮޓޯ ހިއްސާކޮށްގެން ސްމާޓު ޕޮޓެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފިއެވެ.
މިއީ ދަނޑުވެރިންގެ ދުވަހާ ގުޅުވައިގެން އުރީދޫއިން ކުރިއަށްގެންދާ ޕްރޮމޯޝަނެެކެވެ.
ސްމާޓު ޕޮޓު ހޯދުމަށް ހިއްސާކުރަން ޖެހެނީ ގޭގައި ހައްދާފައިވާ ގަހެއްގެ ފޮޓޯއެކެވެ. އެ ޕޯސްޓުގައި "ގްރޯވިތުއުރީދޫ" ހޭޝްޓެގް ބޭނުންކުރަން ޖެހެއެވެ.
މީގެ އިތުރުން، އުރީދޫ މޯލްޑިވްސް އާއި ޒުވާން ދަނޑުވެރިޔާ ޓެގު ކުރަން ވެސް އުރީދޫއިން ވަނީ ޝަރުތު ކޮށްފައެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!