އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ބަންގްލަދޭޝްގެ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ފޮނުއްވެވި ދެ ނަމެއް ދިރާސާކުރަން ރައްޔިތުން މަޖިލީހުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ އަށް ފޮނުއްވީ ޔޫއޭއީގެ ސަފީރުކަމަށް ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ މިދުފާ ނައީމާއި ބަންގަލަދޭޝްގެ ސަފީރުކަމަށް ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ ޝިއުނީން ރަޝީދުގެ ނަމެވެ.
މި ދެ ބޭފުޅުންގެ ތެރެއިން މިދުފާގެ ނަން ސާލިހު މަޖިލީހަށް ފޮނުއްވީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި ޝިއުނީންގެ ނަން ފޮނުއްވީ މެއި މަހުގެ 5 ވަނަ ދުވަހުއެވެ.
މިދުފާ އަކީ މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ އަހަރުތަކެއް ވެފައިވާ ކަނބަލެކެވެ.
ދެ ގައުމަކަށް ސަފީރުން އައްޔަން ކުރަން ނަންތަކެއް ފޮނުވާ، އެ ނަންތައް ދިސާރާކުރަން ކޮމިޓީއަށް މިއަދު ފޮނުވި އިންތިގާލީ މި މަރުހަލާގައި މަގާމުތަކަށް މީހުން ނުނެގުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ވެސް ސަރުކާރުގައި އެދިފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!