ސަރުކާރާރުގައި އޮތަސް އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި އޮތަސް ކަންކަން ނިންމާނީ މަޝްވަރާގެ މަތީން ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އެ ޕާޓީގެ ރައީސް، ހޯޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެ ޕާޓީގެ ހުރިހައި ނިންމުންތައް ނިންމާނީ މަޝްވަރާގެ މަތިވެރި އުސޫލުން ކަމަށެވެ. އަދި ދީނާއި ގައުމާ އަދި ރައްޔިތުންގެ އެންމެ މަސްލަހަތުގެ މަތީން ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން މަސައްކަތްކުރެއްވިނަމަވެސް، އިންތިހާބު ނާކާމިޔާބުވުމަށްފަހު، އިމްރާން ގެންދަވަނީ ގިނަ ޓްވީޓްތަކެއް ކުރައްވަމުން ގެންދަވާ އިމްރާން ވިދާޅުވީ ސިޔާސީ މަސައްކަތަށް ނުކުންނަން ވާނީ ފާޑު ކިޔުންތައް އަންނާނެ ކަން އެނގި އެކަން ތަހަންމަލް ކުރުމުގެ ވިސްނުމާ އެކުގައި ކަމަށެވެ.
ޢިމާރާން އިސްވެ ހުންނަވައިގެން އޭނާގެ އަދާލަތު ޕާޓީން މި ފަސް އަހަރު ކުރިއަށްދިޔައީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއާ ކޯލިޝަން ހަދައިގެންނެވެ.
އިމްރާން މިހާތަނަށް އައީ އިދިކޮޅު ޕީޕީއެމް ޕީއެންސީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް އިންތިހާބުގެ ތެރޭގައި ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިނަމަވެސް ޢިމްރާނަށް ވެސް އެކަމާއި ގުޅިގެން ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.
އެގޮތުން އިމްރާން ބޮޑަށް މަސައްކަތްކުރައްވަނީ މަގާމުގެ ބޭނުމުގައިކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!