މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް އަހްމަދު މަހްލޫފް ނުކުންނަވަން ނިންމަވައިފިކަން އިއުލާން ކުރައްވައިފިއެވެ.

މަހްލޫފު މިކަން އިއުލާން ކުރައްވާފައިވަނީ ސޯޝަލް މީޑިއާގެ ޓްވިޓާގައެވެ.

Ad
rt

އެ ޓްވީޓުގައި އޭނާ ވިދާޅުވީ އަންނަ މަހުގެ 17 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"17 ނޮވެމްބަރު 2023 ވަނަ ދުވަހު ހުސްވާ މާލޭ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ." ކުޅިވަރާއި ބެހޭ ވަޒީރުގެ މަގާމުގައި ހުންނެވި މަހްލޫފުގެ ޓްވީޓުގައި ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަގާމު ހުސްވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު، ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކާމިޔާބު ހޯއްދަވާފައިވާތީއެވެ.