އިނގިރޭސި ލީގް ކަޕް (ކަރަބޯ ކަޕް) ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑް ވާދަކުރަން ޖެހިއްޖެއެވެ.
މިދިޔަ ސީޒަންގައި ލީގު ކަޕް ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިން ފައިނަލުގައި ނިއުކާސަލް ބަލިކޮށްގެންނެވެ. ވުމާއިއެކު މިއީ ބަދަލުފިހައި މުބާރާތުން ޔުނައިޓެޑް ކަޓުވާލަން ނިއުކާސަލަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. ނިއުކާސަލް ހަތަރުވަނަ ބުރަށް ކޮލިފައި ވެފައިވަނީ ވަރުގަދަ މެންޗެސްޓާ ސިޓީ ތިންވަނަ ބުރުގައި ކަޓުވާލުމަށް ފަހުއެވެ.
ޔުނައިޓެޑުން ހަތަރުވަނަ ބުރުގައި އަމިއްލަ ދަނޑުގައި ނިއުކާސަލްއާއި ދެކޮޅަށް ނުކުންނަން ޖެހޭއިރު އާސެނަލް ހަތަރުވަނަ ބުރުގައި ރަށުން ބޭރުގައި ވާދަ ކުރަން ޖެހެނީ ވެސްޓް ހޭމްއާއެވެ. ޗެލްސީ އަމިއްލަ ދަނޑުގައި ނުކުންނާނީ ޗެމްޕިއަންޝިޕްގެ ކްލަބެއް ކަމަށްވާ ބްލެކްބާން ރޯވާސްއާއި ދެކޮޅަށެވެ.
ހަތަރުވަނަ ބުރުގައި ޓީމްތައް އެތުރިފައިވާ ގޮތުން މުބާރާތުގެ ކުއާޓާ ފައިނަލުން އެންމެ މަދުވެގެން ވެސް ޗެމްޕިއަންޝިޕްގެ ދެ ޓީމަކަށް ޖާގަ ލިބިގެންދާނެއެވެ. މުބާރާތުގެ ހަތަރުވަނަ ބުރު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ.
ހަތަރުވަނަ ބުރުގައި ޓީމްތައް ވާދަކުރަން ޖެހޭ ގޮތް
މަންސްފީލްޑް – ޕޯޓް ވަލޭ
އޮޕްސްވިޗް – ފުލަމް
މެންޗެސްޓާ ޔުނައިޓެޑް – ނިއުކާސަލް ޔުނައިޓެޑް
ބޯންމައުތު – ލިވަޕޫލް
ޗެލްސީ – ބްލެކްބާން ރޯވާސް
ވެސްޓް ހޭމް – އާސެނަލް
އެވަޓަން – ބާންލީ
އެކްޒެޓަރ - މިޑްލްސްބްރޯ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!