ކޮލަމްބޯއަށް ދަތުރު ކުރާ އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ އޮފާއެއް އުރީދޫ މޯލްޑިވްސް އިން ތައާރަފު ކޮށްފިއެވެ.
އެ ކުންފުނިން މި އޮފާ ތަައާރަފު ކޮށްފައިވަނީ ފިޓްސްއެއާ އާ ގުޅޮގިގެންނެވެ. އެގޮތުން މިގާރު އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ފިޓްސް އެއާއިން ކޮލަމްބޯއަށް ދެކޮޅު ޓިކެޓް 204 ޑޮލަރަށް ލިބޭނެއެވެ.
މި ފެއާގައި ޓިކެޓް ނެގުމަށް އުރީދޫ އެޕް މެދުވެރިކޮށް ކްލަބް ޕްރިމިއާ ކާޑު ދެއްކުމުން ޓިކެޓް ލިބޭނެއެވެ.
މިއީ ޗުއްޓީ ހޭދަކުރަން ކޮލަމްބޯއަށް ދާ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ދަތުރު ކުރެވޭ ގޮތް ހެދުމަށް އުރީދޫއިން ތައާރަފު ކުރި އޮފާއެކެވެ.
އުރީދޫ ކްލަބް ޕްރިމިއާ މެމްބަރަކަށް ވާން ބޭނުންވާ ކަސްޓަމަރުންނަށް ޕޯސްޓްޕެއިޑް ޕްލޭން 1000 އަދި އެއަށްވުރެ ބޮޑުކުރުމުން މެމްބަރަކަށް ވެވޭނެއެވެ. މިއާއެކު އުރީދޫގެ ހާއްސަ ފައިދާތައް އެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
އުރީދޫ ކްލަބް ޕްރިމިއާ މެމްބަރަކަށް އަލަށް ވާ ކަސްޓަމަރުންނާއި ޕްލޭން އަޕްގްރޭޑް ކުރާ މިހާރުގެ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްވެސް މިހާރު ކުރިއަށް އެބަދެއެވެ. ފަހުގެ އައިފޯނު ލިބޭ މި އޮފާ އުރީދޫއިން ހުޅުވާލާފައިވަނީ 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ.
އުރީދޫގެ ޕްލޭން އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަަމަރުންނަށް http://ore.do/upg ނުވަތަ http://ore.do/snupg މެދުވެރިކޮށް އަޕްގްރޭޑް ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!