ކައިވެނިކޮށްގެން އުޅުނުއިރު ފިރިމީހާއަށް އަނބިމީހާ ދިން ފައިސާ އާއި އެ ފައިސާ ހޯދަން އަންހެން މީހާ ކުރަންޖެހުނު ގާނޫނީ ހަރަދު އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޏ. ފުވައްމުލަކު އަންހެނަކު ގދ. ތިނަދޫ ފިރިހެނަކާ 2016 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނި ކޮށްގެން އުޅުނުއިރު ގިނަ އަދަދެއްގެ ފައިސާ ދިނުމުގެ އިތުރުން އޭނާ ބުނެގެން ލޯނެއް ވެސް ނަގައިދިނެވެ.

Ad
rt

ކައިވެނި ރޫޅުމަށްފަހު އެ ފައިސާ އަނބުރާ ނުދޭތީ އަންހެން މީހާ ދައުވާ ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ފިރިހެން މީހާއަށް އަންހެން މީހާ ޓްރާންސްފާކުރި 30,000 އަށް ވުރެ ގިނަ ރުފިޔާ އާއި ގާނޫނީ ހަރަދުގެ ގޮތުގައި 14,000ރ. ދައްކަން ފިރިހެން މީހާގެ ޣައިރު ހާޒިރުގައި ހުކުމްކުރާ ކަމަށެވެ.

ނަމަވެސް ފިރިހެން މީހާ ބުނެގެން ކަމަށް ބުނެ އަންހެން މީހާ ނެގި ލޯނުގެ ފައިސާ ދައްކަން އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ