މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ތާއީދު އޮތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހަށް ކަމަށް އްޖޭގެ މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގައިލް ވިދާޅުވެފައިވަނީ އޭނާގެ ނަޒަރުގައި މިއީ ގައުމަށާއި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ މިހާރު ރާއްޖެގައި ސިޔާސީގޮތުން އޮތް އެންމެ ހަރުދަނާ އަދި ތަޖްރިބާކާރު ޕާޓީ ކަމަށެވެ.

Ad
rt

މީގެ އިތުރުން ޑިމޮކްރަސީގެ އުސޫލުތަކާއި އަސާސްތަކަށް ތާއީދު ކުރާ ފަރުދެއްގެ ހައިސިއްޔަތުން އޭނާގެ ވޯޓު ދޭން ބޭނުންވަނީ އެޕާޓީއަށް ކަމަށާއި މިއީ އޭނާގެ ނިންމުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި އުގައިލް ވިދާޅުވީ މިނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން އޭނާ އަށް މަލާމާތާއި ފުރައްސާރަ ރައްދުކުރާނެކަން ވެސް އެނގޭ ކަމަށާއި އަދި އޭނާގެ ބޮލުގައި ފާޑުފާޑުގެ ދޮގު އިލްޒާމްތައް އަޅުވާނެކަން ވެސް އެނގޭ ކަމަށެވެ.

އުގައިލް ވިދާޅުވީ ސަރުކާރުން ނުވަތަ ވެރިއެއްގެ ފަރާތުން އޭނާ އަމިއްލަގޮތުން ބޭނުންވާ އެއްވެސް އެއްޗެއް ނެތް ކަމަށާއި އޭނާ އަކީ ހަލާލުގޮތުގައި ހޯދާ ފައިސާއާއި މުދަލުން އާއިލާގެ ދިރިއުޅުން ސާދާގޮތުގައި ތަރުތީބުކުރަމުން ކުރިއަށްދާ މީހެއް ކަމަށެވެ. އަދި މިހަގީގަތް ހެޔޮވިސްނޭ ދިވެހި ފަރުދުންނަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ، އޭނާ އަކީ އަބަދުވެސް ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި އަމިއްލަ އެދުމުން އެއްކިބާވެ، ހުރެ ބަސްބުނާ މީހެއްކަން ހެޔޮވިސްނޭ ހުރިހާ ދިވެހިންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.