ވެރިކަމަށް ވަޑައިގަންނަވަނީ ހުރިހާ ރައްޔިތުންނަށް ހަމަމަކަމާއިއެކު ވެރިކަން ކޮށްދެއްވުމަށް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި މިއަދު މެންދުރުފަހު ހިތާދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި މުޢިއްޒު ވަނީ، އެރަށު ކައުންސިލްގެ ރައީސް އިސްވެ ހުންނަވާ އެމަނިކުފާނަށް ތާއީދުކުރައްވަން ނިންމެވުމާއި ގުޅިގެން ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ ކަމަށް ވިދާޅުވެފައެވެ.
“އަޅުގަނޑުމެން ވެރިކަމަށް އަންނަނީ ހުރިހާ ރައްޔިތުންނަށް ހަމަމަކަމާއިއެކު ވެރިކަން ކޮށްދިނުމަށް އިރާދަކުރެއްވިއްޔާ އެކަން ކުރާނީ އެގޮތަށް” މުއިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ، ހިތާދޫގެ ތަރައްޤީއަށް ކުރަމުންދާ އެއްވެސް މަސައްކަތެއް ހުއްޓައިނުލައްވާނެ ކަމަށާއި، އަދި އެރަށުގެ ރައްޔިތުން ބޭނުންވާ ބަދަލާއެކު މަޝްރޫޢޫތައް ބާރު ސްޕީޑްގައި ކުރިޔަށް ގެންގޮސް ނިންމައިދެއްވާނެ ކަމަށެވެ.
’’މިރަށަށް ބޭނުންވާބިން، ފަޅުތެރެއިން ޖާގަލިބުނު އެންމެ ފުޅާމިންވަރަކަށް ނަގައި އެންވަޔަރުމަންޓް އެސެސްމެންޓެއް ހަދައި، ބިން ހިއްކުމުގެ ކަންތައް ކުރިޔަށް ގެންގޮސްދޭނެވާހަކަ ދަންނަވަން’’ މުޢިއްޒު ވިދާޅުވިއެވެ.
ހިތާދޫ އަށް މުޢިއްޒުގެ އިތުރު ވަޢުދުތައް
• ސިއްޙީ މަރުކަޒު ރަނގަޅުޙާލަތަކަށް ގެނެސްދީ، ލެބޯޓްރީއެއް ހިމެނޭގޮތަށް ތަރައްޤީ ކޮށްދިނުން.
• ރަށުގެ ތަޢުލީމީނިޒާމު ފުޅާކުރުމަށް ސުކޫލަށް ބޭނުންވާ ޖާގައާއި، ސްކޫލުގެ އެހެނިހެންކަންކަން ވެސް ޝާމިލްވާގޮތަށްމަސައްކަތްތައް ކޮށްދީ ނިންމައިދިނުން.
• ފުޓުބޯޅަދަނޑެއް ރަނގަޅުފެންވަރެއްގައި ހަދައިދި، ވޮލީކޯޓެއް ޤާއިމްކޮށްދިނުން،
މުޢިއްޒުގެ ވާހަކާގައި ވިދާޅުވީ، މިއަދުވެސް ރާއްޖޭގެ ހުރިހާ ރައްޔިތުން އެއްބައިވަންތަވުމަށް ގޮވާލައްވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާކަމެއް ވަނީ ބޮއްސުންލާ ހިސާބުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!