ވަރިވާން ދިޔަ އަންހެނަކަށް ގުޅި ކަމަށް މައްސަލާގައި މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވާ ހދ. ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް އެހެން މައްސަލައެއްގައި ސަސްޕެންޑްކޮށްފި އެވެ.

އިސް މެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރަން މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފޮނުވާފައި އޮތީ ވަރިވާން ދިޔަ އަންހެނަކަށް ގުޅައި މެސެޖްކުރި މައްސަލައެއްގަ އެވެ.

Ad
rt

ޖޭއެސްސީން ބުނީ ކުރީގެ މައްސަލާގައި އޭނާ ސަސްޕެންޑްކުރި މުއްދަތު ނިމުމަކަށް އައި ނަމަވެސް އެ ކޮމިޝަނުން ބަލަމުންދާ އެހެން މައްސަލައަކާ ގުޅިގެން ވަކި ގޮތެއް ނިމެންދެން އޭނާ ސަސްޕެންޑް ކުރަން އިއްޔެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މެޖިސްޓްރޭޓް އަލީ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައި ވާ މައްސަލާގައި މަޖިލީހުން ވަކި ގޮތެއް ނުނިންމަ އެވެ.