މިފްކޯއިން މަސް ގަންނަ އަގު މިއަދުން ފެށިގެން ކިލޯއެއް 25 ރުފިޔާއަށް ބޮޑުކޮށްފި

ހއ. އިހަވަންދޫ ދޯންޏަކުން މަސް ބާނައިގެން ދަތުރު ކުރަނީ، ފޮޓޯ: މަސްވެރި އިހަވަންދޫ ފޭސްބުކް ޕޭޖު
ހއ. އިހަވަންދޫ ދޯންޏަކުން މަސް ބާނައިގެން ދަތުރު ކުރަނީ، ފޮޓޯ: މަސްވެރި އިހަވަންދޫ ފޭސްބުކް ޕޭޖު

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސް ގަންނަ އަގު 25 ރުފިޔާ އަށް ރޭ ބޮޑުކޮށްފި އެވެ.

މިފްކޯއިން މަސް ކިލޯއެއް މިވަގުތު ގަންނަނީ 17 ރުފިޔާ އަށެވެ. ނަމަވެސް މިއަދުން ފެށިގެން އެ ކުންފުންޏަށް މަސް ގަންނަ އަގު ކިލޯއެއް 25 ރުފިޔާ އަށް ބޮޑުކޮށްފައިވާ ކަމަށް މިފްކޯއިން ރޭ ވަނީ ބުނެފައެވެ.

ސަރުކާރުގެ މަސް ކުންފުނިން މަސް ގަންނަ އަގު ބޮޑުކުރިއިރު، ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާޙީމް މުޙައްމަދު ޞާލިޙް ރޭ ވަނީ ވެރިރަށް މާލޭގައި ބައެއް މަސްވެރިންނާ ބައްދަލުކުރުމެއް ބާއްވަވާފައެވެ.

މި ބައްދަލުވުމާއި ގުޅިގެން އެމްޑީޕީން ރޭ ބުނީ އެ ޕާޓީ އަކީ އަބަދުވެސް މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް އިސްކަންދޭ ޕާޓީއެއް ކަމަށެވެ.

މަސް ގަންނަ އަގު ބޮޑުކޮށްފައި މިވަނީ ޔޫރަޕަށް އެތެރެކުރާ މަހަށާއި އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް މިހާރު ނަގަމުންދާ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ސަރުކާރަށް ތާއީދުކުރާ ބައެއް ބޭފުޅުން ވިދާޅުވެފައި ވަނިކޮށެވެ.

މަހުގެ އަގު ބޮޑުކޮށް، މަސްވެރިންނަށް ރަނގަޅު ނަފާއެއް ހޯދައިދޭން މަސައްކަތް ކުރުމަށް ރިޔާސީ އިންތިޚާބުގައި ބައެއް ކެންޑިޑޭޓުން ވަނީ ވަޢުދު ވެސް ވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި