މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފުންގެ މުސާރައިގެ 50 އިންސައްތަ ޑޮލަރުންދޭ ގޮތަށް އަލުން ހަމަޖައްސައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ 50 އިންސައްތަ ޑޮލަރުންދޭ ގޮތަށް އަލުން ހަމަޖައްސައި މިހާރު އެކަން ވަނީ އެތަނުގެ މުވައްޒަފުންނަށް ވެސް އަންގާފައެވެ.

Ad
rt

އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ ފަންސާސް އިންސައްތަ ޑޮލަރުން ދޭން ފެށީ އިންޑިއާގެ ޖީއެމްއާރު ކުންފުނިން އެތަން ހިންގަމުން އައި ދުވަސްވަރުއެވެ. އެކަން މެދުކަނޑާލީ ކޯވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ކާރިސާގެ ތެރެއިންނެވެ.

އެ ކުންފުނީގައި 3500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެެއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ 50 އިންސައްތަ ޑޮލަރުންދޭ ގޮތަށް އަލުން ހަމަޖެއްސިއިރު، ރާއްޖޭގައި ޑޮލަރު ގަންނަން ލިބޭ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ރާއްޖޭގައި ޑޮލަރު ވިއްކުމުގެ ރަސްމީ އަގަކީ ޑޮލަރަކަށް 15.42 ނަމަވެސް، މިވަގުތު ވެސް ބްލެކް މާކެޓްގައި ޑޮލަރެއްގެ އަގު ހުރީ 18ރ އިން މަތީގައެވެ.