ފުރަތަމަ ފަހަރަށް މޫދުއަޑިން ކަރަންޓް ކޭބަލެއް އަޅައިގެން މީހުން ދިރިއުޅޭ ރަށަކަށް ކަރަންޓް ފޯރުކޮށް ދިނުމުގެ ޝަރަފު ފެނަކަ ކޯޕަރޭޝަނުން ހޯދައިފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގައި އަލަށް އިމާރާތްކުރި އިންޖީނުގޭގެ ކަރަންޓް ވިއުގައާއި ފަރެސް މާތޮޑާގެ ކަރަންޓް ހިދުމަތުގެ ވިއުގައާއި ގުޅާލީ މޫދުއަޑީގައި އެކަމަށް ހާއްސަކޮށް އެޅި ކޭބަލަކުންނެވެ.

Ad
rt

ފަރެސް މާތޮޑާއަށް ކަރަންޓުގެ ހިދުމަށް ކަށަވަރުވެގެން ދިޔަ ބޮޑު ނެޓްވޯކާ ގުޅިފައިވާ ފަރެސްމާތޮޑާ އެއާޕޯޓުގައި އަލަށް އިމާރާތްކުރި އިންޖީނުގެ އިމާރާތްކޮށް، ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރީ ސައްތައިން ސައްތަ ދިވެހިންނެވެ.

ފަރެސްމާތޮޑާ އެއާޕޯޓް އިންޖީނުގެއަކީ 10 މެގަވޮޓްގެ ކަރަންޓް އުފެއްދޭވަރުގެ ގާބިލުކަން ހުރި އެންމެ މި ޒަމާނުގެ އިންޖީނުގެއެކެވެ.

50 އަހަރު ވަންދެން ހިދުމަތް ދިނުން ކަށަވަރުކޮށްދޭ ފަރެސްމާތޮޑާ އެއާޕޯޓު އިންޖީނުގެއަކީ އެއްގޮތަކަށްވެސް ބޭރަށް އަޑު ނުއިވޭ މުޅިން ސައުންޑް ޕްރޫފް އިންޖީނުގެއެކެވެ.

އެ އިންޖީނުގެ ހިންގައި ބަަލަހައްޓާނީ ފެނަކައިންނެވެ.