އެމްޓީސީސީން ކޮންމެ އަހަރެއްގެ ނިމުމާއި ދިމާކޮށް ބާއްވަމުން އަންނަ ކަށަވަރު ޕްރޮމޯޝަން ފަށައިފިއެވެ.

ފެށޭ ޖެނުއަރީ މަހުގެ10 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި ޕްރޮމޯޝަންގައި ސުޒުކީ އިންޖީން، ޔަންމާ115 ހޯސްޕަވަރ ގެ އިންޖީން، އިންޑަސްޓިރިއަލްގޭސް، ސިގްމާ މެރިން ދަވާދު އަދި ޔަންމާ އަދި ސުޒުކީ އިންޖީން ގެސްޕެއަރް ޕާރޓްސް އިން ވަރަށް ޙާއްސަ ޑިސްކައުންޓްތަކެއް ލިބިެގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

Ad
rt

މިޕްރޮމޯޝަން ޙާއްސަ ކުރެވިފައިވަނީ ފައިސާ ދައްކަވާ ތަކެތި ބައްލަވާގަންނަވާ ފަރާތްތަކަށް ކަމަށާއި ކަށަވަރު ޕްރޮމޯޝަންގެ ހަރަކާތްތައް މާލެ ނޯތް ހާބަރުގައި ކުރިޔަށް ގެންދިޔުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޓީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައްހޯދައިދިނުން ކަމަށްވާއިރު އެފަރާތުން ދަނީ ކޮންމެ އަހަަރަކު ވެސް އެކި އެކި ޕޮރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބާއްވާ، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީގެ ކަސްޓަމަރުންނާއި ބައްދަލުކޮށް ޓްރެއިނިންގ އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތައް ރާވާ ހިންގަމުންނެވެ.

އެމްޓީސީސީ އަކީ، ދިވެހި ރާއްޖޭގައި ގާޢިމް ކުރެވުނު އެންމެ ފުރަތަމަ އަދި އެންމެ އިތުބާރުކުރެވޭ ޕަބްލިކް ކުންފުންޏެވެ. މީގެ އިތުރުން އެކުންފުންޏަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާއި، ސިގްމާ އެންޓިފިއުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. މީގެ އިތުރުން ބަނދަރު ހެދުމާއި، ބިންހިއްކުމާއި، ފަޅުފުންކުރުމާއި، ގޮނޑުދޮށް ރައްކާތެރިކުރުމާއި އެމްޓީސީސީ އިން ދަތުރުފަތުރުގެ ޚިދުމަތާއި، ގެދޮރު އިމާރާތް ކުރުމުގެ މަސައްކަތް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފޯރުކޮށްދެއެވެ.