ހއ. މޮޅަދޫގައި ބޭއްވި ވޮލީ ކޭމްޕު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
އެރަށު ކައުންސިލާއިި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕު ބާއްވާފައިވަނީ ޖޫން 4 ން 18 ގެ ނިޔަލަށެވެ.
މޮޅަދޫ ކައުންސިލުން ވިދާޅުވީ މި ކޭމްޕުގައި 37 މީހަކު ބައިވެރިވެފައިވާ ކަމަށާއި އޭގެތެރޭގައި 3 ފިރިހެނުން ފިޔަވައި ދެން މުޅިން ވެސް ހިމެނެނީ އަންހެނުން ކަމަށެވެ. އަދި މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މައުމޫރު މުހައްމަދު ކަމަށެވެ.
މިފަދަ ކޭމްޕެއް ބޭއްވުމުގެ މަގުސަދެއް ކަމުގައި އެ ކައުންސިލުން ވިދާޅުވީ ނަފްސާނީ، ޖިސްމާނީ ދުޅަހެޔޮ ރައްޔިތެއް ބިނާކުރުން ކަމަށެވެ.
މީގެ އިތުރުން އެރަށަކީ ގިނަ އަދަދެއްގެ އަންހެނުން ވޮލީ ކުޅޭ ރަށެއް ކަމަށާއި މިއީވެސް އަންހެނުންގެ އިސްނެގުމަކަށް ހިންގި ކޭމްޕެއް ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވިއެވެ.
މި ކޭމްޕު ނިންމައި، ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މޮޅަދޫ ކައުންސިލުގެ ރައީސް މުހައްމަދު ސިނާދު އާއި ކޭމްޕުގެ މުދައްރިބު މައުރޫމް މުހައްމަދާއި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖުއެވެ.
މޮޅަދޫ ކައުންސިލުން ވިދާޅުވީ އިތުރު ކޭމްޕުތައް ވެސް ބޭއްވުމަށް ވިސްނާފައިވާ ކަމަށާއި އެގޮތުން އަޟުހާ އީދަށް ފަހު، ވީއެންމެ އަވަހަކަށް ކޭމްޕެއް ބޭއްވުމަށް ގަސްދުކުރާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!