ހއ. ފިއްލަދޫ އާއި ނ. ކެނދިކުޅުދޫ މަގުހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮމަންޓް ކޯރޕަރޭޝަން (އާރުޑީސީ) އާއި އިއްޔެ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް އާރުޑީސީއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ) އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިޔުމަށް ހަވާލުކުރިި މި މަޝްރޫޢުތަކުގެ ދަށުން ފިއްލަދޫ މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން އެރަށު ބަނދަރު ސަރަޙައްދުގެ މަގުތައް ހަދާނެއެވެ. މިގޮތުން ފިއްލަދޫގެ ޖުމްލަ 1.1 ކިލޯ މީޓަރުގެ މަގު ހެދުމާއި، މަގުތަކުގައި މަގުބައްތިޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން ކުރާނެއެވެ.
ފިއްލަދޫގައި ހިންގާ މި މަޝްރޫޢުއަށް 29.8 މިލިއަން ރުފިޔާ ޚަރަދު ކުރަން ނިންމާފައިވާއިރު، މި މަސައްކަތް ނިންމުމަށް 240 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ނ. ކެނދިކުޅުދޫ މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، އެރަށުގައި ހިންގާ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ރަށުގެ 3.7 ކިލޯމީޓަރުގެ މަގު ތާރުއަޅާނެއެވެ.
ކެނދިކުޅުދޫގެ މަގު ހެދުމުގެ މަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، މި މަޝްރޫޢަށް 90.8 މިލިއަން ރުފިޔާ ޚަރަދު ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!