ހއ. ފިއްލަދޫގެ ބަނދަރު ސަރަހައްދުން ސިނާއީ މަސައްކަތް ކުރުމާއި ގުދަން ކުރުމުގެ މަސައްކަތަށް ބިން ދޫކުރަން ނިންމައިފިއެވެ.

އެރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައިވާގޮތުން 10000 އަކަފޫޓުގެ 18 ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މިއީ 5 އަހަރުގެ މުއްދަތަށް ދޫކުރާ ވަގުތީ ބިންތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.

Ad
rt

މީގެ އިތުރުން އެ ބިންތަކުގައި ކުރެވޭނީ ހަމައެކަނި ތަކެތި ގުދަންކުރުމުގެ މަސައްކަތާއި ޤަރާޖު، ވޯކޮޝޮސޮޕް ފަދަ މަސައްކަތް ކަމަށް ވެސް ބުނެފައި ވެއެވެ.

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 މޭ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށައެޅުމަށް ވަނީ އެދިފައެވެ. އަދި ޕްރޮޕޯސަލް ހުށައަޅާ ފޯމް އެ ކައުންސިލު އިދާރާއިން ލިބެން ހުންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށް ކަމަށް ވެސް ބުނެއެވެ.

  • ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް:
  1. ބިމުގެ ކުލި: %70 – (އެންމެ ކުޑަ އަގަކަށް ހުށައެޅޭނީ އަކަފޫޓަކަށް 0.60 ލާރިއެވެ.)
  2. މުއްދަތު: %20 – ( އެންމެ ގިނަ ޕޮއިންޓް ލިބޭނީ ދިގު މުއްދަތެއް ހުށައަޅާ ފަރާތަކަށެވެ.)
  3. މާލީ ޤާބިލްކަން: ( މާލީ ޤާބިލްކަމަށް ބެލެވޭނީ ވޭތުވެތިޔަ 3 މަސް ދުވަހު 50000.00 ރުފިޔާ ބޭންކް އެކައުންޓްގައި ހުރުމުންނެވެ.)