ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ، ހަސަން ޖަމީލް ފެނިއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގެއްލިގެން ހޯދަމުންދިޔަ ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) މިއަދުގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ.

Ad
rt

އޭނާ ފެނިފައި ވަނީ މާލެއިންނެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން އިތުރު ތަފްސީލެއް ނުދެއްވައެވެ.

އޭނާ ޚަބަރެއްނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މެއި 9 ވަނަ ދުވަހުގެ ރޭ އާއިލާއިން ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށް އެ އިދާރާއިން ހާމަކުރެއްވީ އިއްޔެ ހަވީރު 16:46 ގައެވެ.