މަކުނުދޫ މަގުތައް އަލިކުރުމުގެ މަޝްރޫއުގެ ތެރެއިން މަގުބައްތި ޖަހައިފި

ފޮޓޯ: މަކުނުދޫ ކައުންސިލް
ފޮޓޯ: މަކުނުދޫ ކައުންސިލް

ހދ. މަކުނުދޫ މަގުތައް އަލިކުރުމުގެ މަޝްރޫއުގެ ތެރެއިން މަގުބައްތި ޖަހައިފިއެވެ.

މިކަމާއި ގުޅިގެން އެރަށު ކައުންސިލުގެ ރައީސް އައުޒަމް އާދަމް 'ތިލަދުން' އަށް ވިދާޅުވީ ރަށުތެރޭގައި 106 ބައްތި އަދި ޖެޓީ ސަރަހައްދުގައި 32 ބައްތި ހަރުކޮށްފައިވާނެ ކަމަށެވެ.

މި މަސައްކަތް ކުރީ ރަށު ކައުންސިލުގެ މުވައްޒަފުން ކަމަށާއި މިކަމުގައި ރަށުގެ ބައެއް ފަރާތްތަކުގެ އެހީތެރިކަން ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަށުތެރޭގައި ބައްތި ޖެހުމަށް 34،000 ރުފިޔާ އަދި ޖެޓީ ސަރަހައްދުގައި ބައްތި ޖެހުމަށް 17،600 ރުފިޔާ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރަށުގެ މަގުތައް އަލިކުރުމުގެ ޕްރޮޖެކްޓުގެ ތެރެއިން މިހާރު ޖެހިފައިވާ ހުރިހާ ހޮޅިދަނޑިއަކަށް ވަނީ ލައިޓް އިންސްޓޯލް ކުރެވި މަގުތައް އަލިކުރެވި ދިއްލިފަ. ބަނދަރުގެ ލައިޓްތައް މިހާރު ކުރިއަށްވުރެ އަލިގަދަކުރެވި ބަނދަރުގެ ދިއްލުން ރަނގަޅުކޮށް ދިމާވާ މައްސަލަތައް ވާނީ ހައްލުކުރެވިފަ. މިކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލެއްވުން ފާހަގަކޮށް ކައުންސިލްގެ ނަމުގަ ޝުކުރު ދަންނަވަން." އައުޒަމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ރަށުތެރޭގެ އަނދިރި ހިސާބުތަކާއި އަލަށް އާބާދުވާ ސަރަހައްދުތައް އަލިކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *