''ހަސަން ކުރުސީ''ގެ ނަމުގައި ހިންގާ ޓްވިޓަރ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ފުލުހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

މިއީ 'ހަސަން ކުރުސީ' ގެ ނަމުގައި ހިންގާ ޓުވިޓަ އެކައުންޓަކީ ނަޝީދު ހިންގަވާ އެކައުންޓެއްކަމަށް ބައެއް ފަރާތްތަކަށް ހީކުރެވި އެތައް އޮޅުންތަކެއް އަރައި، އެކަމުގެ ސަބަބުން އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅަށް އިންތިހާއަށް ގެއްލުންވާތީ ހުށަހެޅުއްވި ސިޓީއެކެވެ.

Ad
rt

އެހެންކަމުން ނަޝީދު އެދިވަޑައިގެންފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުން، އެ ޓުވިޓަރ އެކައުންޓުގެ އަސްލު ހޯއްދަވައިދެއްވުމަށެވެ.

މި މައްސަލައިގާ ނަޝީދު، ފުލުހުންނަށް ސިޓީ ފޮނުއްވާފައިވާއިރު، އެ އެކައުންޓަކީ (ހަސަން ކުރުސީ) އެމަނިކުފާނު ބޭނުން ކުރައްވާ އެކައުންޓެއް ނޫން ކަމަށް މީގެކުރިން ވެސް ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ ހަސަން ކުރުސީ އަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގެ ހަގީގީ ޚިޔާލީ ޝަހްސެއް ކަމަށާއި، ހަސަން ކުރުސީ އަކީ އެމަނިކުފާނުގެ ތަބިއްޔަތު ބަޔާން ނުކޮށްދޭ ޝަހްސިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ ކަމަށެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ ޓްވިޓަރ އެކައުންޓުން އަންނަނީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ކެމްޕެއިން ވެސް ކުރަމުންނެވެ.

މީގެ އިތުރުން ބައެއް މީހުންނާ ޒާތީ ގޮތުން ޖައްސާލައި، މުޖުތަމައުގެ މިންގަނޑުތަކާއި ޚިލާފު ބަހުރުވަތަކުން ވެސް އެ އެކައުންޓުން ގެންދަނީ ޓްވީޓު ކުރަމުންނެވެ.