ރައްޔިތުންގެ ފަތުރުވެރިކަން 118 ރަށަކަށް ވަނީ ފުޅާކުރެވިފައި: މައުސޫމް

ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. މައުސޫމް، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. މައުސޫމް، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ ފަތުރުވެރިކަން 118 ރަށަކަށް ވަނީ ފުޅާކުރެވިފައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ފަތުރުވެރިކަން މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކާއި ސިޓީތައް ހިމެނޭހެން 118 ރަށަކަށް ފުޅާވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމުގެ އެނދުގެ 27 އިންސައްތަ މިހާރު ހިއްސާ ކުރަނީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ނުވަތަ ރައްޔިތުންގެ ފަތުރުވެރިކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 909 ފެސިލިޓީގައި ތަރައްގީ ކުރެވިފައިވާ އެނދުގެ އަދަދު 16،300 އަށް އަރާ ކަމަށާއި، އެއީ ރާއްޖޭގެ ޖުމްލަ އެނދުގެ 27 އިންސައްތަ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު ކޯވިޑްގެ ހާލަތުން އަރައިގަނެ ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ އިހުނަށްވުރެ ރަނގަޅުވެފައެވެ. އަދި ލޯކަލް ޓޫރިޒަމް ރާއްޖޭގެ ބައެއް ރަށްތަކުގައި ކާމިޔާބު ކަމާއެކު އަންނަނީ ހިންގަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި