ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

DDD61E37-CF19-4BDA-93E1-786F045C1953

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

މިއަދު ނައްތާލައިފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2012 އިން މި އަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި  ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެއްޗެވެ.

އެގޮތުން ދޫނިދޫގައި މިއަދު ނައްތާލައިފައިވަނީ 788 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 3715 ރަބަރު ޕެކެޓާއި، 1386 ސެލޯފިންކޮޅާއި، ފިލްމް ހުސްކުރި 31 ދަޅުގައި ހުރި މަސްތުވާތަކެއްޗާއި، 21 ބިޑިއާއި، 147 ބޭސްގުޅައާއި، އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 985 ބާވަތެކެވެ.

މަސްތުވާތަކެތި ނައްތާލުން ދޫނިދޫގައި ގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި