ރާއްޖޭގެ ދިފާއީ ވަޒީރު، މާރިޔާ އަހްމަދު ދީދީ އިސްތިއުފާ ދެއްވުމަށް ގޮވައިލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
އޭނާ މި މައްސަލަ ހުށަހަޅުއްވާފައިވަނީ ރައީސް ސާލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްވި މައްސަލާގައެވެ.
ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ މި މަސައްލައިގާ ވަނީ ރައީސް ދަތުރުކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްކޮށް، ޕީޕީއެމްގެ އިހުތިޖާޖް ހިނގަމުން ދަނިކޮށް އެ މޮޓޯކޭޑް އިހުތިޖާޖުގެ ބައިވެރިންގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.
ރައީސްގެ މޮޓޯކޭޑް އެފަދަ ސިޔާސީ ހަރަކާތެއް ހިނގަމުންދިޔަތާކަށް ވަނުމަކީ ނޭންގި ކުރެވޭނެ ކަމެއްކަމަށް ނުދެކޭ ކަމަށާއި އެއީ ރޭވިގެން ކުރެވިފައިވާ ކަމެއްކަމަށް ދެކޭ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ރައީސް ދަތުރުކުރެއްވި މޮޓޯކޭޑުގެ ސެކިއުރިޓީ ބްރީޗްވުމުގެ ޒިންމާ ޑިފެންސް މިނިސްޓަރު ނަންގަވަންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އެ މައްސަލައިގާ އިތުރަށް ބުނެފައިވަނީ މީގެކުރިން މަޖިލީހުގެ ރައީސްގެ ސެކިއުރިޓީ ބްރީޗުކޮށް ބޮމެއް ގޮއްވާލާފައިވާ ކަމަށާއި ދައުލަތުގެ އިސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކިކުރަންޖޭފަދަ ސީރިއަސް މައްސަލައެއް ކަމަށެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 6 މެންބަރުންނެވެ. ބަލައިގަތުމާ ދެކޮޅަށް 17 މެންބަރުން ވޯޓު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!