ދެވަނަ ފިޔަވަހީގައި ހުޅުވި ފިހާރައިން އަމިއްލަ ވިޔަފާރި ތަކަށާއި ހެދިކާ ހަދާ މީހުންނަށް ވެސް ޖާގަ ދެވޭނެ: އަމްރު

F2E1512F-1F49-48D5-AD46-AB31AB20DE6D

ހުޅުމާލެ ފިޔަވަހީގައި އެސްޓީއޯ އިން ހުޅުވި "ރޯދަ މާޓު" ގެ ހަރުތައް ވަނީ އަމިއްލަ ވިޔަފާރިތަކަށް ދޫކުރެވިފައި ކަމަށާއި، މީގެ އިތުރުން އެ ފިހާރައިން ހެދިކާ ހަދާ މީހުންނަށް ވެސް ޖާގަ ދެއްވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފިހާރައިން ރޯދަ މަހު ހުޅުމާލެ 2 ގަ އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމަށެވެ. އަދި މި ފިހާރައިގަވެސް ހަރުތައް އަމިއްލަ ވިޔަފާރިތަކަށް ވަނީ ދޫކުރެވިފައި ކަމަށެވެ. މީގެ އިތުރުން ހެދިކާ ހަދާ އަމިއްލަ ފަރާތްތަކަށް ވެސް ޖާގަ ދެވޭނެ ކަމަށާއި އެންމެނަށްވެސް ލުއިފަސޭހަ ރޯދަމަހަކަށް އެދޭ ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ރޯދަ މާޓު" ގެ ނަމުގައި އާ ފިހާރައެއް އެސްޓީއޯ އިން ހުޅުވީ މި މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.

ދެވަނަ ފިޔަވަހީގެ ވިނަރެސް ނުވައެއްގައި ހުންނަ ފިހާރަ ހުޅުވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސެން އަމްރާއި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފްއެވެ.

އެސްޓީއޯއިން އެތެރެ ކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތައް އެ ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން މި ފެށޭ ރަމަޟާން މަހު ކަސްޓަމަރުންގެ އެންމެ ބޮޑު ޑިމާންޑެއް އުފެދޭ ބާވަތްތައް ކަމުގައިވާ ފިޔާ، އަލުވި އަދި ބިސް ވެސް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ، އެ ފިހާރައިގައި ރޯދަ ވީއްލުމަށް ހަދާ ހެދިކާ ފަދަ ތަކެތިވެސް ބެހެއްޓޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

އެ ފިހާރައިގެ އިތުރުން އެސްޓީއޯ އިން އަންނަނީ އިތުރު ދެ ސަރަހައްދަކުން ހޯލްސޭލްކޮށް ތަކެތި ވިއްކަމުންނެވެ. އެއީ އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖެވެ. އޭގެ އިތުރުން ރީޓެއިލްކޮށް ރޯދަ މާޓުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް ތަކެތި ލިބޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި