ތިލަދުންމަތި ދެކުނުބުރީ ކުމުންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްގީ ކުރުމަށް އާރކް އެން ސިއެލް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ޔޫތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޙައްމަދު އެވެ.

Ad
rt

އާރކް އެން ސިއެލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖަރ ޑިރެކްޓަރ އަޙުމަދު އަމީން އެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގައި ނިންމާގޮތަށް 4،673،095.96 ރުފިޔާ އަށެވެ.

ކުމުންދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ޔޫތު މިނިސްޓްރީން ޢިއުލާން ކުރީ 12 ޖެނުއަރީ 2023 ގައެވެ.

މި މަސައްކަތް އަވަސްކޮށް ދިނުމަށް އެދި ކުމުންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވަނީ ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ. އޭނާ ވަނީ މި މަސައްކަތް ހަވާލުކުރި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.