"ލާމަސީލު ޒުވާނާ" ގެ ނަމުގައި، ޒުވާނުންނަށް ޚާއްސަކޮށްގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ ދެމެދު މިކަމާއިހުޅޭ ފަހުމުނާމާ އެއްގައި ވަނީ ސޮއިކޮށްފައެވެ.

Ad
rt

މި ފަހުމުނާމާގައި ސޮއިކުރުމަށް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ މިނިސްޓްރީ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ މުޙައްމަދު މަލީހު ޖަމާލެވެ.

MOU 1

މުޖްތަމައަށް ބޭނުންތެރި ޒިންމާދާރު ޒުވާނުންތަކެއް ބިނާކުރުމަށް މި ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ކުރެވިގެންދާނެއެވެ. އަދި އިސްލާމީ ރިވެތި އުސޫލުގެ ތެރެއިން ދިރިއުޅުން ކުރިއަށް ގެންދިއުމާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުމަށް މަގުފަހިކޮށްދިނުމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް މަސައްކަތްކުރާނެ ގޮތްތައް ދަސްކޮށްދޭނެއެވެ.

MOU 3

އަދި އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންކުރާނެ އުކުޅުތައް ދަސްކޮށްދީ އިންޑޯ ކްލާސްތަކާއި އައުޓްޑޯ ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ

މީގެ އިތުރުން ވަޒީފާގެ މާހައުލަށް ޒުވާނުން އަހުލުވެރި ކުރުވުމަށް ތަމްރީނުދީ، ލާމަސީލު ޒުވާނާ ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް، ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެވިގެންދާނެއެވެ.