ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ އަވަހާރަވެއްޖެ

40AFD1B7-A8DF-43BB-BF44-A5A7AEE9BEFF

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ މިރޭ އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގިތުގައި ރިޟާ އަވަހާރަވީ ކެންސަރަށް ފަރުވާ ހޯދަމުންގެންދަވަނިކޮށް މެލޭޝިޔާގައެވެ.

ރިޟާ ވަނީ ދިގު މުއްދަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. ރިޟާ އަކީޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ މެމްބަރެކެވެ. ޕީ.ޕީ.އެމް އަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރ އިބްރާހީމް ރިޟާ އަވަހާރަވުމާއި ގުޅިގެން އެޕާޓީން ވަނީ ތަޢުޒިޔާ ދަންނަވާ ބަޔާނެއް ނެރެފަ އެވެ.

އެބަޔާނުގައި ވަނީ އިބްރާހީމް ރިޟާ އަކީ އެޕާޓީ އުފެދުނީއްސުރެ އެޕާޓީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް ކުރައްވަމުން ގެންދެވި ބޭފުޅެއްކަމަށާއި އަދި ޑީއާރްޕީ އާއި ޕީޕީއެމް އުފެއްދުމުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމުގަ އެވެ.

“ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް ދިވެހި ދައުލަތަށްވެސް އަގު ނުކުރެވޭ ޚިދުމަތްތަކެއް އިޚުލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެކެވެ. އަލްމަރްހޫމް ރިޟާ އަވަހާރަވުމަކީ މިކޯލިޝަނަށާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިގެންދާނެ ކަމެކެވެ.

އެބަޔާނުގައި ވެއެވެ.

މާތްﷲ އެމަނިކުފާނުގެ ފުރާނައަށް ރަޙުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ، އެމަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ. އާމީން!

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *