އެސްޓީއޯ އިން ހުުޅުމާލޭގައި ހަދަމުން އަންނަ ކޭޝިއަރުން ނުތިބޭ ސްމާޓް ފިހާރަ އަންނަ މަހު ހުޅުވާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޭޝިއަރެއް ނުހުންނަ މި ފިހާރައިގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށްދާ ކަމަށާއި އަންނަ މަހު ފިހާރަ ހުޅުވާނެ ކަމަށެވެ.
އެސްޓީއޯ އިން މުޅިން އަލަށް ރާއްޖެއަށް ތައާރަފުކުރާ ކޮންސެޕްޓުގެ މި ފިހާރަ ހަދަމުން އަންނަނީ ހުޅުމާލެ އެސްޓީއޯ ފިހާރަ ކުރިން ހުރި ތަނުގައެވެ.
“ގްރެބް އެންޑް ގޯ” ކޮންސެޕްޓަކީ 2016 ވަނަ އަހަރު ދުނިޔެއަށް ތައާރަފުކޮށް, ކުރިއަރާފައިވާ ގައުމުތަކުގައި މިހާރުވެސް ބޭނުން ކުރަމުން އަންނަ ޓެކްނޮލޮޖީއެކެވެ.
އެސްޓީއޯގެ މި ފިހާރައާއެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ.
އެސްޓީއޯއިން ހުޅުވަން ތައްޔާރުވާ ފިހާރައިން އެ ކުންފުނިން އެތެރެކޮށް ވިއްކާ އުފެއްދުންތަކުގެ އިތުރުން އާންމު ކުދި ވިޔަފާރިތަކުގެ އުފެއްދުންތައްވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ފިހާރައިގައި ހުންނަ އޭއައި ކެމެރާތަކުން ހަރުތަކަށް ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!