އިދިކޮޅުން އިހުތިޖާޖުގައި، ރިޔާސީ ބަޔާން އިއްވާ ޖަލްސާ ކުރިއަށް

PPM-PNC

މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ ފަށައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން މިހާރު ކުރިއަށްދާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިހުތިޖާޖު ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި އެ ކޯލިޝަންގެ މެމްބަރުން ކުރަމުންދާ އިޖުތިޖާޖުގައި މިހައިތަނަށް 8 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިހުތިޖާޖުގައި ބައިވެރިވާ އިދިކޮޅު ކޯލިޝަންގެ މެންބަރުން ދަނީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް މިނިވަންކުރަންގޮވާލައި އަޑު އުފުލަމުންނެވެ.

އިދިކޮޅު ސަޕޯޓަރުން މަޖިލިސް ކައިރިއަށް އެއްވާން މަސައްކަތް ކުރިނަމަވެސް އެ ސަރަހައްދު ފުލުހުން ބަންދުކޮށްފައި އޮތުމުން އަޑު އުފުލަމުން ދަނީ މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ތިބެގެންނެވެ.

އެ ސަރަހައްދަށް ގިނަ އަދަދެއްގެ އިދިކޮޅު ސަޕޯޓަރުން ވަނީ އެއްވެފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ކުރިއަށްދާ ޖަލްސާގައި އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުންފެށުމުން، ރިޔާސީ ބަޔާން ކުރިއަށް ނުގެންދެވި، އިދިކޮޅު ބައެއް މެންބަރުންގެ ނަން ރިޔާސަތުން އިއްވައި، ޖަލްސާ ވަގުތުކޮޅަކަށް މެދު ކަނޑާލިއެވެ.

އެއަށްފަހު ޖަލްސާ މިހާރު ކުރިއަށް އެބަ ގެންދެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި