ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ވަގުތީ ފަޔަރ ސްޓޭޝަނެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޑިފެންސުން އިޢުލާން ކޮށްފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ދިއްދޫގައި އެފްއާރުއެސް ސަބްސްޓޭޝަނެއް ގާއިމް ކުރުމުގެ ގޮތުން މިހާރު ހުރި އިމާރާތް މަރާމާތުކޮށް، އައު ވެހިކަލް ގަރާޖެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މި ޕްރޮޖެކްޓްގެ ދަށުން މިހާރު ހުރި އިމާރާތުގެ ކުޑަ ދޮރުތައް މަރާމާތު ކުރުމާއި، ބަދަލުކުރަން ޖެހޭ ދޮރުތައް ބަދަލުކުރުމާއި، އެ އިމާރާތުގެ އެތެރޭގެ ފާރުތައް ރޭނުމާއި ސީލިންގ މަސައްކަތާއި ފާރާއި ތަޅުމުގައި މުށި ޖެހުމާއި އެތެރެއާއި ބޭރު ފާރުތަކުގައި ކުލަލުމާއި ފާހާނާތައް މަރާމާތު ކުރުމާއި ކަރަންޓް ވައިރިންނާއި ފެނާ ނަރުދަމާގެ މަސައްކަތާއި އޭސީ ކުރުމާއި ބައު ދިޔަދޮވިތައް ނައްޓައި އައު ދިޔަދޮވިތައް އެޅުވުމާއި އިންފާރު އުސްކުރުންފަދަ މަސައްކަތްތައް ކުރަން ޖެހެއެވެ. މީގެއިތުރުން އެތަނުގައި ދަގަނޑު ހޮޅި ބޭނުން ކޮށްގެން ވެހިކަލް ގަރާޖެއް ހަދަން ޖެހެއެވެ.

މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކޮންޓްރެކްޓާރސް ރެޖިސްޓްރީގެ 'ޖެނެރަލް ބިލްޑިންގ ކޮންޓްރެކްޓަރސް' (GC01) ގެ ގްރޭޑް 6 އާއި ހަމައަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓުތަކަށް އެއްވެސް ބަދަލެއް އައިސްފިނަމަ އެ މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިޢު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ( tender@defence.gov.mv ) މި އީމެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ. އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 1,747.00ރ (އެއް ހާސް ހަތް ސަތޭކަ ސާޅީސް ހަތް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހެއެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ 13:00 އަށް އެ މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.

މަޢުލޫމާތު ލިންކްތައް:

https://storage.googleapis.com/gazette.gov.mv/docs/iulaan/111766.pdf

https://storage.googleapis.com/gazette.gov.mv/docs/iulaan/111767.xlsx

https://storage.googleapis.com/gazette.gov.mv/docs/iulaan/111768.pdf

https://storage.googleapis.com/gazette.gov.mv/docs/iulaan/111769.pdf

https://storage.googleapis.com/gazette.gov.mv/docs/iulaan/111770.pdf