ނުދަންނަ ބޭރު ގައުމުތަކުގެ ނަންބަރު ތަކުން މެސެޖްކޮށް ގުޅަން ބުނާ ނަމްބަރުތަކަށް ނުގުޅުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ކުރެއްވި ޓްވީޓެއްގައި ހާމަކުރައްވާފައިވަނީ ރާއްޖެއިން ބޭރުގެ ބައެއް ނަމްބަރުތަކުން ގުޅާދިނުމަށް އެދި ވަރަށް ގިނަ ފަރާތްތަކަށް މެސެޖްތައް ކުރަމުން އަންނަކަމަށާއި މިކަހަލަ މެސުޖުތަކަށާއި ފޯނު ތަކަށްވެސް ޖަވާބު ނުދެއްވުމަށް ފުލުހުން އިލްތިމާސް ކުރެއްވިއެވެ. އަދި މިއީ ގަސްތުގައި ގެއްލުމެއް ދިނުމަށް ކުރާ މެސެޖްތަކަކަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިފަދަ ވަގުކޯލްތައް ނުވަތަ މެސެޖްތައް ކުރުމަށް ބޭނުންކުރާ ސިމްބޮކްސް ނަމަކަށް ކިޔާ ސެޓަޕެއް މެދުވެރިކޮށް ކުރާ މަކަރާއި ހީލަތުގެ މެސެޖްތަކެއްކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

Ad
rt

ވަރަށް އާޖެންޓްކޮށް ގުޅާލަން ބޭނުންވާތީ އަވަހަށް ގުޅާދިނުމަށް އާދޭހާއި އެކު އެދިލައްވާފައި ބައެއް ފަރާތްތަކުގެ ފޯނަށް މެސެޖު ލިބިފައިވާއިރު އެ ނަމްބަރުތަކަށް ގުޅުމުން ޕްރީޕެއިޑް ފޯނެއްނަމަށް ކިތަންމެ ގިނަ އަދަދަކަށް ބެލެންސްގައި ފައިސާ ހުރި ނަމަވެސް އެ ފައިސާ އެއްކޮށް ހުސްކޮށްލައެވެ. އަދި ޕޯސްޓް ޕެއިޑްއެއް ނަމަ ފޯން ބިލަށް އަރާ ވަރު ދެގުނައަށް އިތުރުވެގެންދެއެވެ.