މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގެ ޝަރީއަތް ސިއްްރުކުރަން ދައުލަތުން ކޯޓުގައި އެދެފި އެވެ.
ހެންވޭރު ގެއެއްގެ ތެރޭގައި މިދިޔަ އޮގަސްޓް މަހު ޝިއާއުގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު އޭނާ މަރާލި މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ، އަލީ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން އިއްޔެެ ވަނީ ކޮށްފަ އެވެ.
ދެ ދައުވާއެއް ދައުލަތުން ވަނީ ސިއްރުކޮށްފަ އެވެ. އެހެންވެ, މުޅި އެ މައްސަލާގެ ޝަރީއަތް ސިއްރުކުރަން ކްރިމިނަލް ކޯޓުގައި ޕީޖީން އެދިފައި ވިޔަސް އެކަމާ މެދު ކޯޓުން ގޮތެއް ނުނިންމަ އެވެ.
މިއީ ޖިނާއީ ދައުވާއެއް ސިއްރުކުރި ފުރަތަމަ ފަހަރެވެ. ޕީޖީ އޮފީހުން ބުނީ ދެ ދައުވާއެއް ބާވަތް އަދި ތަފްސީލެއް ހާމަ ނުކުރަނީ ޝިއާއުގެ އިންސާނީ ކަރާމާތަށް އުނިކަން އަތުވެދާނެތީ ކަމަށެވެ.
ބާކީ ތިން ދައުވާއަކީ ތޫނު އެއްްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ އެވެ.
އެ މައްސަލާގެ ޝަރީއަތް ނިމެންދެން ސާހިލް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ވެސް ކުށުގެ ވެށިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!