ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ތާއީދު ކުރަށްވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށްބާއްވާ ޕްރައިމަރީ ބާއްވަން އެ ޕާޓީން ނިންމާފައި ވަނީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހުއެވެ.
މި ޕްރައިމަރީގައި ރާއީސް ޞާލިހަށް ތާއީދު ކުރަށްވާކަން ހާމަކުރައްވަމުން ރާއީ ވިދާޅުވީ، ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގައި ޕްރައިމަރީގައި ރައީސް ޞާލިހަށް ތާޢީދު ކޮށް އެމަނިކުފާނާއި އެކު ކުރިއަށް ދާން ނިންމާފައިވާ ކަމަށެވެ.
‘’އަޅުގަނޑު އުއްމީދަކީ، މިކަމުގައި ދާޢިރާގެ އެމްޑީޕީގެ ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި ތާޢީދު ދެއްވުން’’ ރާއީ ވިދާޅުވެފަވެއެވެ.
ރައީގެ ތާއީދު ރައީސް ޞާލިހަށް ދެއްވިއިރު، ރައީސް ޞާލިޙްގެ ތާއީދު ފޯމު ފުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ.
ދެން އެ ޕްރައިމަރީގައި ވާދަކުރަށްވާނެކަން ޢިއުލާން ކުރަށްވާފައި ވަނީ އެމްޑީޕީގެ ރައީސް، މަޖިލިސް ރައީސް، މިޙައްމަދު ނަޝީދެވެ. ރައީސް ނަޝީދުގެ ތާއީދު ފޯމު ފުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދަވައެވެ.
މި ޕްރައިމަރީގައި ވާދަކުރަން އެދޭ އެ ޕާޓީގެ މެންބަރުން 500 މެންބަރުންގެ ތާއީދާއެކު މާދާމާ 16:00 ގެ ކުރިން ކުރިމަތިލާ ފޯމު ހުށަހަޅަން އެމްޑީޕީން ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!