ކ. އެނބޫދޫފަޅު ހިއްކައިގެން ތަރައްގީ ކުރަމުން އަންނަ "ކްރޮސްރޯޑްސް މޯލްޑިވްސް" ގެ ތިންވަނަ ރަށުގައި 80 ކޮޓަރީގެ މަތީ ފަންތީގެ ރިސޯޓެއް ތަރައްގީކުރުމަށް އެ މަޝްރޫއު ކުރިއަށް ގެންދާ ތައިލެންޑުގެ ސިންގްހާ އެސްޓޭޓުން ނިންމައިފި އެވެ.
މި ރިސޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް 2020 ވަނަ އަހަރު ފަށައި 2022 ވަނަ އަހަރު ގެސްޓުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އެސް ހޮޓެލްސްގެ ސީއީއޯ ޑާކް ޑީ ކިޔުޕާ ވިދާޅުވި އެވެ. އަދި ތިންވަނަ ރަށް ތަރައްގީ ކުރާނީ މަތީ ފެންވަރުގެ ލައިފްސްޓައިލް ރިސޯޓެއްގެ ގޮތުގައު ކަމަށްވެސް ކިޔުފާ ވިދާޅުވިއެވެ. ޖުމްލަ 80 ކޮޓަރި ހިމެނޭއިރު ބޮޑު ބަޔަކީ މޫދު ކޮޓަރިތައް ކަމަށްވެސް ކިޔުފާ ވިދާޅުވެފައި ވެއެވެ. މިރަށުގައި ތަރައްޤީ ކުރާ ކޮޓަރިތައް ވިއްކުމަށް ހަމަޖެހިފައިވަނީ ރެ އަކަށް 900 ޑޮލަރާއި 1000 ޑޮލަރާއި ދެމެދުގައެވެ.
މި ރިސޯޓް ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ، ސިންގްހާ އެސްޓޭޓްގެ ހޮޓާތައް ހިންގާ ސަބްސިޑަރީ ކުންފުނި ކަމަށްވާ އެސް ހޮޓެލްސް އެންޑް ރިސޯޓްސް އާއި މިޔަންމާގެ އިކޯ ވޯލްޑް ޑިވެލޮޕާ ހޯލްޑިން ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.
ހިއްކައިގެން ހަދާ ޖުމްލަ ނުވަ ރަށް ހިމެނޭ ގޮތަށް އެނބޫދޫފަޅު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ކްރޮސްރޯޑްސްގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓު ކަމަށްވާ "ހާޑް ރޮކް ހޮޓެލް މޯލްޑިވްސް" އަދި "ސައި ލެގޫން މޯލްޑިވްސް"ގެ އިތުރުން، ތަފާތު ވަސީލަތްތައް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ "ދަ މެރީނާ އެޓް ކްރޮސްރޯޑްސް" އެވެ. މި ދެރަށް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!